logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފި

އައިމިނަތު މޫސާ
19 ސެޕްޓެމްބަރު 2025 - 10:52
މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފި

މާލޭގެ ބާޒާރުގައި އަގު ބޮޑުވެގެންދިޔަ އޮރެންޖުގެ އަގު ދަށަށް ގޮސްފިއެވެ.

ބާޒާރުގައި އޮރެންޖުގެ އަގުތައް 15 ރުފިޔާއަށް މަތިވެގެން ދިޔައީ ރާއްޖެއަށް އެތެރެކުރާ އޮރެންޖުގެ އަދަދު މަދުވެގެން ދިޔުމާއި ގުޅިގެންނެވެ. އެގޮތުން އޮރެންޖާއެކު އާފަލުގެ އަގުވެސް 12 އަށް އަރައިގެން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ ބާޒާރުގައި އޮރެންޖް އަގުބޮޑުވުމާއެކު އެސްޓީއޯއިން ވަނީ އަގުހެޔޮކޮށް ތާޒާ އޮރެންޖް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން އެސްޓީއޯގެ ޕީޕަލް ޗޮއިސް އިން އޮރެންޖް ކިލޯއެއް 35 ރުފިޔާ އަށް ވިއްކަން ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެސްޓިއޯއިން މިގޮތަށް ވިއްކުމުން އޮރެންޖެއްގެ އަގު ޖެހެނީ 6 ރުފިޔާ އަށެވެ.

އެއާއިއެކުގައި އަގުބޮޑުކޮށް ބާޒަރުގައި ވިއްކަމުންދާ އޮރެންޖުގެ އަގު ވަނީ ފަސް ރުފިޔާއަށް ތިރިވެފައެވެ. ބައެއް ފިހާރަތަކުގައި މިހާރު އޮރެންޖެއް 6 ރުފިޔާއަށް ލިބެންހުރިއިރު، ބައެއް ފިހާތަތަކުން އޮރެންޖެއް 2.50 ރުފިޔާއަށްވެސް މިހާރު ވިއްކައެވެ.

އޮރެންޖާއެކު އާފަލުގެ އަގު ވެސް ވަނީ ދަށް ގޮސްފައެވެ. އެގޮތުން މިހާރު އާފަލެއް ބާޒާރުން ލިބެނީ 9 ރުފިޔާ އާއި 10 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ދާއިމީ ގޮތެއްގައި އެކުންފުނީގެ ސުޕަމާޓުން އޮރެންޖުފަދަ ބާވަތްތައް ލިބޭނޭ އިންތިޒާމް ކުރިއަށްއޮތްތަނުގައި ހަމަޖެހިގެންދާނޭކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުން އާއްމު ދިރިއުޅުމުގައި އެންމެބޮޑަށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް ނިންމާފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި ޚަބަރު | މަހެއް ކުރިންމާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފިޚަބަރު | 2 މަސް ކުރިންެއެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފިޚަބަރު | 2 މަސް ކުރިން ޑެވޮންޑޭލަށް ޚާއްސަކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | 2 މަސް ކުރިން