logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ވިޔަފާރި

އިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރު

ޒިދާން މުޙައްމަދު
18 މާރިޗު 2026 - 16:35
އިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުމެވެ. ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.

ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީއެވެ. މިގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ކަރަންޓު ޚަރަދު ކުޑަކޮށްދޭ 'އިންވާޓާ' ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ 'ވެކިއުމް ކޮމްޕާޓްމަންޓް' ފަދަ ސިފަތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެކެވެ.

WhatsApp Image 2026-03-18 at 21.34.16 (1).jpeg

ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓާފައެވެ. މިއަދު ދިވެހި ކޮންމެ އާއިލާއަކުންވެސް އާ ރެފުރިޖުރޭޓަރެއް ގަންނަން ބޭނުންވާއިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި، އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.

ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރު ތަކަކީ ގިނަ އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ 'ސްކައިލައިން ސައިޑް ބައި ސައިޑް' ރެފުރިޖަރޭޓަރަށް ވަނީ 'އައި އެފް' ގެ ޑިޒައިން އެވޯޑް ލިބިފައެވެ. އަދި 2025 ވަނަ އަހަރު ރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވަރޑް ވެސް ލިބިފައި ވަނީ ހިޓާޗީ ރެފުރިޖަރޭޓަރަށެވެ.

WhatsApp Image 2026-03-18 at 21.34.16.jpeg

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.

ހިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރުރިޕޯޓް | 21 މިނިޓު ކުރިންއިތުބާރާއި ފެންވަރުގައި ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރުވިޔަފާރި | 2 ގަޑިއިރު ކުރިންމަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދެނީޚަބަރު | 2 ދުވަސް ކުރިންމޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފިވިޔަފާރި | 3 ދުވަސް ކުރިން