logo
MPL

MPL

ޚަބަރު

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރ

މުޙައްމަދު އަފްރާޙް
29 އޭޕްރީލު 2026 - 13:09
ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ރާއްޖޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ނެޝަނަލް ފިއުލް ސްޓޯރޭޖުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށްދާ ކަމަށާއި އެކަމަށްޓަކާ ކުރަންޖެހޭ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރަމުން އަންނަކަމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ގުޅިގެން، އެސްޓީއޯގެ ފަރާތުން މި މަސައްކަތްކުރަމުންދާއިރު، ބައެއް ލޮކޭޝަންތައް އައިޑެންޓިޓިފައި ކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން އެސްޓީއޯ އިން ދެ ފަޅެއް ބަލާ، އެތަނަށް ބޭނުންވާނެ ބައެއް ޑިޒައިންތަކާ ފައިނޭންސް ހޯދުމަށް ބޭނުންވާނެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމާޒަކީ ކުރިއަށް އޮތް ދެ ހަފުތާ ނިމެންވާއިރަށް ކޮމްރެހެންސިވް ޕްލޭނެއް ރައީސް އަށް އެރުވުން ކަމަށާއި ރައީސް ނިންމަވާ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެެވެ.

ރާއްޖެއަށް މިހާރު ތެޔޮ ގެނެސް ރައްކާކޮށްފައި ހުންނަނީ، މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އާންމު ޚިދުމަތްތައް ދޭ ތަންތަނަށާއި، ރިސޯޓްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެނީ، ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގެ ކެޕޭސިޓީއަކީ، ޑީސަލް 291,000 ފީފާ އަދި 59،000 ފީފާގެ ޕެޓްރޯލްއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާއްޖޭގެ އެހެނިހެން އެއާޕޯޓުތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 7 ދުވަސް ކުރިންސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފިޚަބަރު | 23 ދުވަސް ކުރިންކަނޑުގެ ސަރަޙައްދު ރައްކާތެރިކުރަން ކޯސްޓްގާޑަށް އިތުރު 17 އުޅަނދު, ބައެއް އުޅަނދުތައް ނޮވެމްބަރުގައި ރާއްޖެއަށްޚަބަރު | މަހެއް ކުރިންއުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަނީޚަބަރު | މަހެއް ކުރިން