logo
MPL

MPL

ޚަބަރު

2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

އައިޝަތު އިނާޝާ
29 އޮކްޓޯބަރު 2026 - 08:14
2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް، ކަނޑައެޅިފައިވާ މުހިންމު އަމާޒުތަކަށް ވާސިލުވުމަށްޓަކައި ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް ހުށަހެޅި މުޅި ބަޖެޓުގެ ތަފްސީލީ އަދަދަކީ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

2027 ވަނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި މި އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ވަނީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | 20 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީޚަބަރު | 20 ގަޑިއިރު ކުރިންމަޖިލީހުގެ ރައީސް އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | ދުވަހެއް ކުރިން