logo
MPL

MPL

ޚަބަރު

އަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީ

އަޙުމަދު ރަމީޒު
28 އޮކްޓޯބަރު 2026 - 14:02
އަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ބަޖެޓް ހުށަހެޅުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ މެންދުރުފަހު 1:30ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ކިތައް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 2025 ވަނަ އަހަރަށް ލަފާކުރި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައިވާ ގޮތުން މިއަހަރު އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު އިގްތިސާދީ އެންމެ އުދަނގޫ މަރުހަލާތައް ސަރުކާރުން މިއަހަރު ވަނީ ހިކުމަތްތެރިކަމާއެކު ކަނޑައްތުކޮށްފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށް، މާލީ ނުރައްކާ ކުޑަ ގައުމެއްގެ ދަރަޖައަށް ރާއްޖެ ބަދަލުކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީޚަބަރު | ގަޑިއިރެއް ކުރިންމަޖިލީހުގެ ރައީސް އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 21 ގަޑިއިރު ކުރިން