ނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފް
27 އޮކްޓޯބަރު 2026 - 18:27

ނިމިދިޔަ ސަރުކާރާ އަޅާބަލާއިރު، މި ސަރުކާރުން ކޮށްދިން މަސައްކަތްތައް ދިހަ ގުނަ ނުވަތަ ސަތޭކަ ގުނަ އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު ލަތީފް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ. ލަތީފް ވިދާޅުވީ 2010 ވަނަ އަހަރު ރާއްޖެއަށް ޓެކްސް ނިޒާމު ތަޢާރަފުކުރި އިރު ދިވެހި ވިޔަފާރިވެރިން އެކަމަށް ތައްޔާރުވެފައި ނުވާ ކަމަށާއި، އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ބަންގުރޫޓުވެ، ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި މިހާރު ގެންނަ އިޞްލާޙުތަކަކީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ގެންނަ މުހިންމު ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބަހުސްގައި ވާހަކަދައްކަވަމުން، އިދިކޮޅު ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު މި ސަރުކާރުން ކުރި ކަމަކާ މެދު ސުވާލު އުފައްދަވާތީ އެކަމަށް ރައްދު ދެއްވައި، ދިއްދޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ލަތީފް ވަނީ ޒިޔާދަށް ދަޢުވަތު އަރުވާފައެވެ.
އެގޮތުން ދިއްދޫގައި ބާޒާރުގެ އަގުން ބަލާނަމަ އެއް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ބިން ހިއްކާފައިވާ ކަމަށާއި، 210 މިލިއަން ރުފިޔާގެ ހޮސްޕިޓަލެއްގެ މަސައްކަތާއި، 80 ނުވަތަ 90 މިލިއަން ރުފިޔާގެ އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ ޒުވާނުންގެ މަރުކަޒަކާއި، 8 މިލިއަން ރުފިޔާގެ ފާލަމެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން ވެރިކަމާ ޙަވާލުވެ 1.3 އާއި 1.4 ބިލިއަން ޑޮލަރާ ދެމެދުގެ ބޭރުގެ ދަރަނި ދައްކާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ދައުލަތުން ބޭރުގެ ދަރަންޏަށް ކޮންމެ އަހަރަކު ދެއްކޭނެ ވަކި މިންވަރެއް ޤާނޫނުން ކަނޑައަޅަންޖެހޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ނިންމެވުންތަކުގެ ސަބަބުން ޤައުމު ބަނގުރޫޓުވުމުން ސަލާމަތްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
