logo
MPL

MPL

ޚަބަރު

ޓެކްސް ބިލުން ވިޔަފާރިވެރިންނަށް އޮތީ ފައިދާ: ފަލާހް

އިޙުސާނާ އިބްރާހީމް
27 އޮކްޓޯބަރު 2026 - 05:47
ޓެކްސް ބިލުން ވިޔަފާރިވެރިންނަށް އޮތީ ފައިދާ: އެމްޕީ ފަލާހް
ޓެކްސް ބިލުން ވިޔަފާރިވެރިންނަށް އޮތީ ފައިދާ: އެމްޕީ ފަލާހް

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އާ ޓެކްސެއް ތައާރަފުކުރުން ނޫން ކަމަށާއި، މި ބަދަލުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވެސް ލިބޭނީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހްވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިހާރު ހިނގަމުންދާ މަޖިލީހުން އަލަށް ކަނޑައެޅި މިންވަރެއް ނޫން ކަމަށާއި އެއީ ކުރީގައިވެސް ގާނޫނުގައި އޮތް އަދަދެއް ކަމަށެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގެ ދަށުން ޖޫރިމަނާ އުނިކޮށް، ހަމައެކަނި ދައްކަންޖެހޭ އަސްލު އަދަދަށް ބަލައިގެން އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީރާއިން ކުރާ ޖޫރިމަނާގެ އަދަދު ގިނަ ފަހަރަށް އަސްލު ދައްކަންޖެހޭ ޓެކްސްގެ އަދަދަށްވުރެ ބޮޑުވާކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ ވިޔަފާރިވެރިންނަށް މި ބަދަލުން އެއްވެސް ބުރައެއް ނޯންނާނެ ކަމަށެވެ.

"މީގައި އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، ވިޔަފާރިވެރިއެއްގެ އެކަނި މަސްލަހަތުތޯ ބޮޑީ، ގައުމުގައި ތިބި ފަސް ލައްކަ ނޫނީ ހަ ލައްކަ ރައްޔިތުންގެ މަސްލަހަތުތޯ ބޮޑީ. މި މަސްލަހަތު މުހިންމުވާނެ. މީއެއްގައި ނެތް އާ ޓެކްސެއް ތަޢާރަފުކުރާ ވާހަކައެއް." ފަލާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެކްސް ބިލާ ގުޅޭގޮތުން އިދިކޮޅު މެންބަރުން މަޖިލީހުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށާއި، މިއީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ނުވަތަ ވިޔަފާރިތަކަށް އުނދަގޫކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށެވެ. ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވަން ސަރުކާރުން ކުރި މަސައްކަތާއެކު ފިޗް ރޭޓިންގްސް ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި ފަލާހް ވަނީ ސަރުކާރުން އިގްތިސާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ.

ސަރުކާރުން ބިލްތަކަށް ހުށަހަޅާ މުހިއްމު އިސްލާހުތަކަށް ވާހަކަދައްކަވާއިރު އެ އިސްލާހުތައް ރަނގަޅަށް ދިރާސާކޮށްފައި، ރައްޔިތުންނަށް އޮޅުންނާރާނެހެން މައުލޫމާތު ސާފުކޮށްދިނުމަށްވެސް ފަލާހް ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ބިލުން ވިޔަފާރިވެރިންނަށް އޮތީ ފައިދާ: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 16 ގަޑިއިރު ކުރިންރައްޔިތުންގެ ބުރަ ލުއިކުރުމަށް ޖީއެސްޓީއަށް ގެންނަ އިސްލާހުތަކަށް މެންބަރު މަމްދޫހު ތާއީދުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 7 ދުވަސް ކުރިން