ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފި
20 އޮކްޓޯބަރު 2026 - 08:59

ޗައިނާ ސަރުކާރުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
މިއީ ރާއްޖެ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން ހަދިޔާ ކުރި މަގުބައްތިތަކެކެވެ.
މި ހަފުލާގައި ޗައިނާ ސަފީރު ވިދާޅުވީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުން މީގެ ކުރިންވެސް ރާއްޖެއަށް މަގު ބައްތި ހަދިޔާކޮށްފައިވެ އެވެ.
އެ ގޮތުން ސެޕްޓެމްބަރު 2022 ގައި ޗައިނާއިން މާލެސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކުރި އެވެ. މީގެ އިތުރުން ޗައިނާ އިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގު ބައްތި ހަދިޔާކުރި އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
