logo
MPL

MPL

ޚަބަރު

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

އަޙުމަދު ރަމީޒު
20 އޮކްޓޯބަރު 2026 - 08:49
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ

އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް އަންނަ އަހަރު އެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މިއަދު ފާސްކޮށްފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވާ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 ތަނެއް އޮޑިޓު ކުރަން ނިންމާފައިވާ ކަމަށެވެ.

އޮޑިޓް އޮފީހަށް މިހިނގާ އަހަރަށް ކަނޑައެޅީ 134 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 6 ގަޑިއިރު ކުރިންޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިމްތިޔާޒުތައް ހަރުދަނާކުރަން މަޖިލީހަށް ބިލެއްޚަބަރު | ދުވަހެއް ކުރިން