މެންދުރު ޓީވީ ކޯޑް އޮފް އެތިކްސް
މި ކޯޑް އޮފް އެތިކްސްއަކީ، އަޅުގަނޑުމެންގެ މީޑިއާގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނާއި މެނޭޖްމަންޓުން، ވަޒީފާގެ ޒިންމާ އަދާކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ލިޔުމެކެވެ.
1. ތެދު ހަމާކުރުމާއި ސައްހަކަން ކަށަވަރުކުރުން
- އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން އަދާކުރާ ވަޒީފާގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމެވެ. ކޮންމެ ހާލަތެއްގައި އާންމުންނާ ހަމައަށް ދޫކުރާ ކޮންމެ މައުލޫމާތަކީ ވެސް، ސައްހަކަން ކަށަވަރުކުރެވިފައިވާ، ތެދުކަން ޔަގީންކުރެވިފައިވާ، ވީހާވެސް އޮޅުން ނާރާނެ ގޮތަކަށް ފޯރުކޮށްދޭ މައުލޫމާތަކަށް އަޅުގަނޑުމެން ހަދާނަމެވެ.
2. ހަމަހަމަކަމާއި ވަކި ކޮޅަކަށް ނުޖެހުން
- އަޅުގަނޑުމެންނަކީ ވަކި ސިޔާސީ ފިކުރެއް، ވަކި ޝަހްސަކަށް ބެލުމެއް ނެތި، ހުރިހާ ފަރާތަކަށް ވެސް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ފުރިހަމައައަށް ފުރުސަތު ދޭނެ މީޑިއާއެކެވެ.
3. ޒިންމާ
- އަޅުގަނޑުމެންގެ ޒިންމާ އަކީ، އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އަޅުގަނޑުމެން ކުރާ މަސައްކަތަކީ އާންމުނަށް އެކި ކަންކަމުގައި މައުލޫމާތު ފޯރުކޮށްދީ، މުޖުތަމައުއަށް ހެޔޮ ކަންތައްތަކެއް ފޯރުކޮށްދިނުމެވެ. އާންމުންގެ މެދުގައި ބައިބައިވުން އުފެދި، ނުރަނގަޅު ކަންތައްތަކެއް އުފެއްދުމާއި އަޅުގަނޑުމެން ދެކޮޅުވާނަމެވެ. އެފަދަ އަމަލެއް އަޅުގަނޑުމެންގެ މުވައްޒަފަކު ކުރާނަމަ، ކުންފުނީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

