logo
MPL

MPL

ޚަބަރު

ރައީސް މުއިއްޒުގެ މަސައްކަތްތައް އިދިކޮޅަށް ހަޖަމުނުކުރެވޭ: މުހައްމަދު އަބްދުﷲ

އިޙުސާނާ އިބްރާހީމް
20 އޮކްޓޯބަރު 2026 - 05:19
ރައީސް މުއިއްޒުގެ މަސައްކަތްތައް އިދިކޮޅަށް ހަޖަމުނުކުރެވޭ: މުހައްމަދު އަބްދުﷲ

މި ސަރުކާރުގައި ޤައުމަށް ކުރިއެރުން ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފެނި އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވޭ ކަމަށް ކުރީގެ އިހަވަންދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަބްދުﷲ (މުހަައްމާ) ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭގޮތުން މެންދުރު ޓީވީގެ މައުުޟޫއު ޕްރޮގްރާމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ އެ މަޝްރޫއުއަކީ އެއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ އިންވެސްޓުމަންޓު ކަމަށެވެ. އެ އެއިންވެސްޓްމެންޓުން ރާއްޖެއަށް ތަރައްގީ އަންނާނެތީ އެކަމާ އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށް ވިދާޅުވިއެވެ. މުހައްމަދު އަބްދުﷲވިދާޅުވިގޮތުގައި މި ސަރުކާރުގައި ޤައުމަށް ކުރިއެރުން ގެންނަން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފެނި އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުހައްމަދު އަބްދުﷲ ފާހަގަކުރެއްވީ ރައީސް މުއިއްޒަށް ދެވަނަދައުރެއް ލިބިދާނެތީ އެކަމާ އިދިކޮޅު ފަރާތްތަކުން ތިބެނީ ބިރުން ކަމަށެވެ. އަދި އެބޭފުޅުން ވެރިކަމަށް އަންނަން ވަރަށް މަސައްކަތް ކުރާކަން މުހައްމަދު އަބުދުﷲ ފާހަގަކުރެއްވިއެވެ.

ރަސްމާލޭ މަޝްރޫއުއަށް އަލިއަޅުއްވާލައްވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް ރައީސަކަށް މިފަދަ ބިޔަ މަޝްރޫއެއް ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ. މުހައްމަދު އަބްދުﷲ ގެ ވާހަކައިގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޤައުމު ވެއްޓިފައޮތް އަދަވަޅުން ސަލާމަތްކޮށް ދިނުމަށްފަހު، މިވަރުގެ ބިޔަ މަޟްރޫއެއް ކުރިއަށް ގެންދަވަން ރައީސް ނިންމެވީތީ އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން ބޭރު މީހުންނަށް ރައްޔިތުކަމެއް ނުލިބޭނެ، އެތާ އެހެން ދީންތަކަށް ފުރުސަތެއް ވެސް ނޯންނާނެ: ރައީސްޚަބަރު | 13 މިނިޓު ކުރިންޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ މަސައްކަތްތައް އިދިކޮޅަށް ހަޖަމުނުކުރެވޭ: މުހައްމަދު އަބްދުﷲޚަބަރު | 6 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | 6 ގަޑިއިރު ކުރިން