logo
MPL

MPL

ޚަބަރު

ޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2026 - 15:17
މެމްބަރު އަހްމަދު ނަސީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު އަހްމަދު ނަސީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޓެކްސް ނިޒާމަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ ޤައުމަށް އެންމެ ފައިދާހުރި ބަދަލުތައް ކަމަށާއި، އެ އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ނަސީރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްލާހަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ނަސީރު ވިދާޅުވީ، ދުނިޔޭގެ ޓެކްސް ނިޒާމުތައް ތަރައްޤީވަމުން އަންނަ މިންވަރާއި، ޒަމާނަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ޤާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. އަދި މި ބަދަލުތަކަކީ ރައްޔިތުންނަށާއި ރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ވެސް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ބަދަލުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޓެކްސް ނިޒާމު ތަޢާރަފުވިތާ 15 ވަރަކަށް އަހަރު ވެފައިވާއިރު، މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޓެކްސް ނެގުމުގެ އޮނިގަނޑު ޒަމާނީ ކުރަންޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ. އެގޮތުން، ދުނިޔޭގެ މާލީ ހާލަތަށާއި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން އަންނަ ލޮޅުންތަކުގެ ތެރޭގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ޓެކްސް ނިޒާމު ހަރުދަނާކުރުން އަވަސްކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މި އިސްލާހުތައް ޤާނޫނަކަށް ވެގެން ދިޔުމުން ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ލޯނު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ނަސީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް އަވަސް ހައްލެއް ލިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް ހުޅވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 30 މިނިޓު ކުރިންރައްޔިތުންގެ ބުރަ ލުއިކުރުމަށް ޖީއެސްޓީއަށް ގެންނަ އިސްލާހުތަކަށް މެންބަރު މަމްދޫހު ތާއީދުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 6 ދުވަސް ކުރިންއޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 6 ދުވަސް ކުރިން