logo
MPL

MPL

ޚަބަރު

މަޖިލީހުގެ ވަގުތު ބޭކާރުކުރަން އިދިކޮޅުން ކުރާ ޖެއްސުމަށް ބޮޑު ހައްލެއް، ދެން ގަރާރުތަކަށް ބަހުސްކުރެވޭނީ ފާސްވުމުން

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޮކްޓޯބަރު 2026 - 09:56
އަބުދުލް ހައްނާނު އަބޫބަކުރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަބުދުލް ހައްނާނު އަބޫބަކުރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ އިތުރަށް ބަހުސް ނުކޮށް ގަރާރު ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު ބަދަލުކޮށްފިއެވެ.

މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ކޮންމެ ދުވަހަކު ގެންދަވަނީ އެކި ނަންނަމުގައި ގަރާރުތައް ހުށަހަޅައި، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތަކަށް ހުރަސް އަޅަމުންނެވެ. އިދިކޮޅުގެ މި ޢަމަލުތަކުގެ ސަބަބުން މަޖިލީހުގެ ވަގުތު ބޭކާރުވެ، ރައްޔިތު މީހާގެ ލާބައާއި މަންފާ އަށް ސަރުކާރުން ގެންނަން ބޭނުންވާ ގާނޫނީ ހައްލުތައް ބޮޑުތަނުން ލަސްވާގޮތް ވަނީ ދިމާވެފައެވެ. އެހެންކަމުން މިއަދު ފާސްކުރި މި އިސްލާހަކީ އިދިކޮޅުގެ ޖެއްސުންކުރުމުން މަޖިލިސް ސަލާމަތްކުރަން އެޅި މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން ނަމަ، މެންބަރަކު ގަރާރެއް ހުށަހެޅުއްވުމާ އެކު، އެ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން މެންބަރުންނަށް އެކަމަށް ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ގަރާރު ބަލައިގަތުމާ މެދު މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގަނީ މެންބަރުން ބަހުސްކޮށް ނިމުމަށް ފަހުގައެވެ.

ނަމަވެސް މި މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން، މަޖިލީހަށް ގަރާރެއް ހުށަހެޅުމާ އެކު އެންމެ ފުރަތަމަ ވެސް ކުރިއަށް ގެންދަން ޖެހޭނީ އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އެހުމެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީން އެ ގަރާރެއް ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ، އެއަށް ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި، ވަގުތުން އެ ގަރާރެއް ބާތިލުވާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް ދެން ގަރާރެއް ހުށައެއް ނޭޅޭނެއެވެ.

މަޖިލީހުގެ ގަވައިދަށް މި ބަދަލުތައް ގެންނަން ހުށަހެޅުއްވީ އަމިއްލަ މެމްބަރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ. މި ހުށަހެޅުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އާންމު ކޮމިޓީން އިބާރާތްތަކަށް ގެނައި ކުދިކުދި ބަދަލުތަކާ އެކުގައެވެ. ނަމަވެސް ހަންނާނުގެ ހުށަހެޅުއްވުމުގެ އަސްލު މަފްހޫމަށް ކޮމިޓީން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އާންމު ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ރިޕޯޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިޚަބަރު | 22 މިނިޓު ކުރިންމަޖިލީހުގެ ވަގުތު ބޭކާރުކުރަން އިދިކޮޅުން ކުރާ ޖެއްސުމަށް ބޮޑު ހައްލެއް، ދެން ގަރާރުތަކަށް ބަހުސްކުރެވޭނީ ފާސްވުމުންޚަބަރު | ގަޑިއިރެއް ކުރިންޓެކްސް ބިލުން ވިޔަފާރިވެރިންނަށް އޮތީ ފައިދާ: ފަލާހްޚަބަރު | 5 ގަޑިއިރު ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 19 ގަޑިއިރު ކުރިން