logo
MPL

MPL

ޚަބަރު

އުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަނީ

އަޙުމަދު ރަމީޒު
4 އޮކްޓޯބަރު 2026 - 18:10
މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ
މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިން މަސައްކަތް ކުރަނީ

އުސް އިމާރާތްތަކުގައި އަލިފާން ރޯވުމުން ޑްރޯން ބޭނުންކޮށްގެން ނިއްވާލެވޭނެ ގޮތްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އަލިފާން ރޯވެއްޖެނަމަ ނިއްވާލެވޭނެ ގޮތްތަކެއް ހަމަޖެހިފައި ނުވާ ކަމަށް ބުނެ މިރޭ ބޭއްވި ވަޒީރުންގެ އަހާ ފޯރަމުގައި އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ހަސަން ވިދާޅުވީ އެއީ ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ހަސަން ވިދާޅުވީ އުސް އިމާރާތްތަކުގައި އަލިފާން ރޯވުމުން ޑްރޯން ބޭނުންކޮށްގެން ނިއްވާލުމަށްޓަކައި އެކަމާ ގުޅޭ ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭވަރުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނުވަތަ އަންނަ އަހަރު ކުރީކޮޅު ޑްރޯން ބޭނުންކޮށްގެން އުސް އިމާރާތްތަކުގައި އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ ޓަވަރުތަކާއި އުސް އިމާރާތްތަކުގައި އަލިފާން ރޯވެ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން އެފަދަ އިމާރާތްތަކުގައި އުޅޭ މީހުން ހޭލުންތެރިކުރުވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމުތަކުން އަބަދުވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގަމުންދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް އުސް އިމާރާތްތަކުގައި އަލިފާން ރޯވުމުން ނިއްވާލުމަށް ބޭނުންވާ ބައެއް އުޅަނދުތައް އެސްޓީއޯ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ އުޅަނދުތައް ލިބުމުން 10 ނުވަތަ 14 ބުރީގެ އުސް އިމާރާތްތަކުގައި އަލިފާން ރޯވުމުން ބޭނުންކުރެވޭނެ ކަމަށާއި ނަމަވެސް ހިޔާ ޓަވަރު ފަދަ އުސް އިމާރާތްތަކަށް އެ އުޅަނދު ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް އެސްޓީއޯއާ ހަވާލުކޮށްގެން އަޅުގަނޑުމެން އެބަގެންނަން ފަޔަ ވެހިކަލްތައް، ވަރަށް ބޮޑެތި ޓްރަކްޓަރުތަކާއި ބައުޒަރުތައް. ދެން އޭގައި އޮންނާނެ އުސް އިމާރާތްތަކުގައި އަލިފާން ރޯވުމުން ނިއްވާލެވޭނެ ވަސީލަތްތައްވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާން ރޯވާ ވަގުތު އެމްއެންޑީއެފްގެ ފަޔަރުގެ ބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާލޭގެ މަގުތައް ހަނިވެފައި، ބައެއް މަގުތަކުގައި އުޅަނދުތައް ޕާކް ކޮށްފައި ހުންނަ ގޮތުން އަލިފާން ނިއްވުމުގައި ބޭނުންކުރާ އުޅަނދުތަކަށް ނުވަދެވޭ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި މަގުގެ މައްސަލައެއް ދިމާނުވާނެ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އަލިފާނުގެ ހާދިސާތައް މާލެ ސަރަހައްދުތަކުގައި އިތުރުވަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ އުސް އިމާރާތްތަކުގައި ލިފްޓްތަކުގައި މީހުން ތާށިވާ މައްސަލައަކީވެސް ދިމާވާ މައްސަލައެއް ކަމަށެވެ. މިފަދަ ވަގުތަކުގައިވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން އެހީތެރިވާނެ ކަމަށާއި ނަމަވެސް މިމައްސަލައަށް އޮތް ހައްލަކީ ލިފްޓްތަކުގެ މެއިންޓަނަންސް މަސައްކަތް ގަވައިދުން ކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުސް ބިމެއްގައި ރޯވި އަލިފާން އެމް.އެން.ޑީ.އެފް އިން ކޮންޓްރޯލްކޮށްފިޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގެ ކެފޭއެއްގައި ގޭސް ސިލިންޑަރެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެޚަބަރު | 22 ދުވަސް ކުރިންފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެ އަނދަނީޚަބަރު | މަހެއް ކުރިންހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެޚަބަރު | މަހެއް ކުރިން