logo
MPL

MPL

ޚަބަރު

ހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެ

އަޙުމަދު ރިޝާން
23 އޮކްޓޯބަރު 2026 - 12:09
ހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ޓަވަރެއްގެ އެޕާޓްމަންޓެއްގައި 23 އޮކްޓޫބަރުވީ ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ. މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޑީއެމްއޭއިން ބުނީ މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓްގެ ބަދިގެ ވަނީ މުޅިން ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި މުޅި ގޭގައި ދުމުގެ އަސަރު ގަދަވުމުގެ ސަބަބުން، އެ ތަނުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ މީހުންނަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި، ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެޚަބަރު | ގަޑިއިރެއް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 3 ދުވަސް ކުރިންގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެޚަބަރު | 4 ދުވަސް ކުރިންއުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަނީޚަބަރު | 19 ދުވަސް ކުރިން