logo
MPL

MPL

ޚަބަރު

ތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ

އަޙުމަދު ރަމީޒު
20 އޮކްޓޯބަރު 2026 - 04:42
ރައްޔިތުންގެ މަޖިލިސް ހިންގާ އިމާރާތް
ރައްޔިތުންގެ މަޖިލިސް ހިންގާ އިމާރާތް

ދައުލަތުގެ ތިން ބާރުގެ އެންމެ އިސް އޮފީހުގައި ހުޅުޖެހުމަށް އެމްއެންޑީއެފްގެ ކުރީގެ އޮފިސަރަކު ގޮވާލި މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ރައީސް އޮފީހާއި، މަޖިލީހުގެ އިދާރާއާއި، ސުޕްރީމް ކޯޓު ހިންގަމުންދާ އިމާރާތުގައި ހުޅުޖަހަން ގޮވާލީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޒިހާން ހަސަން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާތީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޒިހާންގެ ޕޯސްޓްގައި ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރަން ނުޖެހެނީ ކީއްވެތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އަދި އޭނާ ވަނީ ހުޅުޖަހަން ހިތްވަރު ދީފަ އެވެ.

"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެ އެވެ.

ޒިހާން ޖެހި ޕޯސްޓް އާންމުންގެ ސަމާލުކަމަށް އައިސް، ބައެއް މީހުން އޭނާއަށް ފިޔަވަޅު އެެޅުމަށް ގޮވާލުމާއެކު އެ ޕޯސްޓް މިހާރު ވަނީ ޑިލީޓްކޮށްލާފަ އެވެ.

ޒިހާން އަކީ އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން އައިސް އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

އޭނާ ސިފައިންގެއިން ވަކިކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިޔައިގެން ކަމަށްވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުއްޓާ އޭނާ ސަސްޕެންޑްކޮށް އަދި ފަހުން މަގާމުން ވަކިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ފުރައްސާކޮށް ޓްވީޓެއް ކުރުމާ ގުޅިގެންނެވެ.

ސަރުކާރުން ވަކިކުރި ފަހުން ޒިހާން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.

ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ގާނޫނީ ކުށެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | ގަޑިއިރެއް ކުރިންގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންފުލުސް އޮފިސަރުގެ ގައިގައި ޖެއްސީ ގަސްދުގައި, އިތުރު މީހުންވެސް ބައިވެރިވޭ: ސީޕީޚަބަރު | 3 ދުވަސް ކުރިންނުރައްކާތެރިކޮށް ދުއްވާ ބަޔަކަށް ނަސޭހަތާއި އިންޒާރުޚަބަރު | 6 ދުވަސް ކުރިން