logo
MPL

MPL

ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ ބަޔަކަށް ނަސޭހަތާއި އިންޒާރު

އަޙުމަދު ރަމީޒު
14 އޮކްޓޯބަރު 2026 - 05:52
ވެހިކަލް ދުއްވާ ސްޕީޑް ފުލުހަކު ބަލަނީ
ވެހިކަލް ދުއްވާ ސްޕީޑް ފުލުހަކު ބަލަނީ

މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ ފަރާތްތައް ޕްރޮފައިލްކޮށް، ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުގެ މަސައްކަތުގެ ތެރެއިން އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފި އެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ފަށާފައިވާ ހާއްސަ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވުމާއެކު، އަމަލުތައް ތަކުރާރުވެއްޖެނަމަ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގެންދަނީ ދެމުންނެވެ.

ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނީ އެއީ 18 އަހަރާއި 20 އަހަރުގެ ދެ މީހުން އަދި 22 އަހަރުގެ މީހަކަށެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި 18 އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ އިތުރުން، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

އުމުރުން 20 އަހަރުގެ އެކަކީ ވަންވޭއާ ހިލާފަށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް ދުއްވުމުގެ އިތުރުން ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

އުމުރުން 20 އަހަރުގެ އަނެއް މީހާއަކީ، ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، އަހަރީ ހަމަވެފައިވަނިކޮށް ދުއްވުމާއި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައާއި އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

އުމުރުން 22 އަހަރުގެ މީހާއަކީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމާއި، ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމާއި، ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޅުވައިގެން ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ހުއްދަނެތި ދުއްވުމުގެ އިތުރުން، ސައިލެންސަރުން އަޑުގަދަކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މޮޑިފައިކޮށްގެން އެއްގަމު އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދާނެ ކަމަށާއި މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރިކޮށް ދުއްވާ ބަޔަކަށް ނަސޭހަތާއި އިންޒާރުޚަބަރު | 2 ގަޑިއިރު ކުރިންފިހާރައެއްގައި ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނަގައިފިޚަބަރު | 4 ދުވަސް ކުރިންސްކޭމްތަކުގައި މިދިޔަ ހަފުތާގައި 3 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުނުޚަބަރު | 8 ދުވަސް ކުރިންސަރުކާރުގެ އިދާރާތަކަށް ސައިބާ ހަމަލާތައް އިތުރުވަނީޚަބަރު | 8 ދުވަސް ކުރިން