ފިހާރައެއްގައި ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނަގައިފި
10 އޮކްޓޯބަރު 2026 - 04:52

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުން ދިޔަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި މައްސަލައެއް ސަމާލުކަމަށް އައުމާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކުރުމަށްފަހު އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މި އޮޕަރޭޝަން ފެށީ ސޯޝަލް މީޑިއާގައި ބަޔަކު މިމައްސަލަ ފެންމަތިކުރުމާ ގުޅިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސި 6:15 ހާއިރު އެ ފިހާރައަށް ގޮސް ބެލިއިރު، އެހެން ދީންތައް ރަމްޒުކޮށްދޭ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރި ކަމަށެވެ. އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންވެސް ފުލުހުން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ ތަކެތި ވިއްކުމާއި އިޝްތިހާރު ކުރުމާއި އަދި އެފަދަ ވާހަކަދެއްކުމަކީ ގާނޫނީ ކުށެކެވެ.

-01.jpg&w=3840&q=75)
