ގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ
19 އޮކްޓޯބަރު 2026 - 04:34

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓްކޮށްފައި ވަނީ 19 އޮކްޓޫބަރު 2026 ގެ ފަތިހު 4:15 ހާއިރު ކަމަށެވެ. ފުލުހުންނަށް މި ރިޕޯޓު ލިބުމާއެކު، ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރަށު ކައުންސިލާ ގުޅިގެން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހާދިސާގައި އެކަކަށް އަނިޔާ ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އަނިޔާވީ މީހަޔަށް ލިބިފައި ވަނީ ކުދި އަނިޔާތަކެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ ކޮޓަރިއެއްގައި ހުރި އެއަރ ކޮންޑިޝަނަރަކުންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
