logo
MPL

MPL

ޚަބަރު

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޯގަސްޓު 2026 - 03:53
Screenshot
Screenshot

މާލޭގެ މާވެޔޮމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮންނަ ހަނި ގޯޅީގައި ހުންނަ މ. ދޫގަސްވިލާ ގޭގައެވެ. މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި، ގޭގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ ހާދިސާ ހިނގި ސަބަބު ދެނެގަނެ ހާމަކޮށްފައެވެ. ފުލުހުޖް ވިދާޅުވީ މއ. ދޫގަސް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ ގޭސްފުޅިއެއް ގޮވައިގެންކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ފަތިހު 5:27 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުންނެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައިވެއެވެ.

އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިކަމަށް ފުލުހުން ވެސް ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންއުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަނީޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިން