ފުލުހުންގެ ސަފުތަކާ އަލަށް ގުޅުނު 133 ފުލުހަކު ހުވާކޮށް އިގުރާރުގައި ސޮއިކޮށްފި
18 އޮކްޓޯބަރު 2026 - 11:54

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހަކު ހުވާކޮށް، ހުވާގެ އިގުރާރުގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ. ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުއާއި، ސާވިސް ޑިވެލޮޕްމަންޓް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

-01.jpg&w=3840&q=75)
