logo
MPL

MPL

ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2026 - 08:34
ރަސްދޫ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން، ފޮޓޯ" ޕޮލިސް
ރަސްދޫ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން، ފޮޓޯ" ޕޮލިސް

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ރަސްދޫގެ 10 ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. އަދި އެ ގެތައް ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. ރަސްދޫގެ 6 މީހަކާއި، އެހެން ރަށްރަށުގެ ދެ މީހެއްގެ އިތުރުން ބިދޭސީއެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

މުޙައްމަދު ޢުލްވާން ރަޝީދު (21އ)، ލިލީމީޑް / އއ. ރަސްދޫ

އަޙްމަދު ޢަރީފު (37އ)، ގުލްދަސްތާގެ / އއ. ރަސްދޫ

އިބްރާހީމް ދިނާން (30އ)، ހަވާމަންޒިލް / އއ. ރަސްދޫ

އަޙްމަދު އިކުލީލް (37އ)، ފެހިވިނަ / އއ. ރަސްދޫ

އަޙްމަދު މުޙައްމަދު (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ

ޢަލީ ވަސީމް (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ

ލީނާ މޫސާ (23އ)، ވިދުވަރުގެ / ހދ. ކުމުންދޫ

ރިމާޒު މުޙައްމަދު (29އ)، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ

މެހެދީ ހަސަން (27އ)، ބަންގްލަދޭޝް

މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ އެކި މުއްދަތުތަކަށް ބަންދު އަމުރު ދީފައެވެ. އެގޮތުން އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މީގެ އިތުރުން އަޙްމަދު އިކުލީލް ހަތް ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދާއި އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސް ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ލީނާ މޫސާގެ ބަންދަށް ދީފައިވަނީ ތިން ދުވަހެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދާ ސާމާނާއެކު ރަސްދޫން 9 މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | 19 ގަޑިއިރު ކުރިންވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލު ކޮށްގެން ދުއްވި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް: ޕޮލިސްޚަބަރު | ދުވަހެއް ކުރިން