ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް: ޕޮލިސް
17 އޮކްޓޯބަރު 2026 - 05:59

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯގައި ގެންގުޅެނީ ކުޅޭކުޅޭ ބަޑިތަކެއް ކަމަށްދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭތީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކަމާ ގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން، މި ވީޑިއޯއަކީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ދެނެގަނެވިފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފަ އެވެ. އަދި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި،. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ބުނެފައި ކަމަށްވެސް ފުލުުހުން ބުންޏެވެ.
އެ މީހުން ގެންގުޅުނު ބަޑިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

-01.jpg&w=3840&q=75)
