މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކި ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފި
15 އޮކްޓޯބަރު 2026 - 09:39

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު އެ ނެޓްވޯކުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
.png&w=750&q=75)
Ad by Hajj Corporation
ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރަޝްވާނަކީ މާލޭގައި ބަނގުރާ ވިއްކައި ފޯރުކޮށްދޭ އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ގެއާއި މި މައްސަލައާ ގުޅުންހުރި އެހެން ތަންތަން ބަލައިފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
