logo
MPL

MPL

ޚަބަރު

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އިމިގްރޭޝަން ބަންދަށް ގެންގޮސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2026 - 04:29
ކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު  އަތުލައިގެންފި

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ބަންދުކޮށްފައިވަނީ އާމިރު ޙުސައިން، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އެމީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެއެވެ.

މީގެއިތުރުން، މިފަދަ ކަންކަން ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | ގަޑިއިރެއް ކުރިންމާލޭގެ އެޕާޓްމަންޓަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިން826 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިޚަބަރު | 21 ގަޑިއިރު ކުރިން