826 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
13 އޮކްޓޯބަރު 2026 - 09:01

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، 826 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން ފިރިހެނުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ 2026 އޮކްޓޫބަރު 12 ގައެވެ. ފުލުހުންނަށް ލިބުނު ޖާސޫސީ މަޢުލޫމާތަކާ ގުޅިގެން އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރު މާދޫގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ)، ޕޮލިން (43އ) އަދި އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް، އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބަލައިފާސްކުރިއިރު، މިތަނުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާއިރު، ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގައެވެ. އަދި އެތަނުގައި އެކި ބްރޭންޑުތަކުގެ ރާފުޅިތައް ވަކިވަކިން ގުދަންކޮށްފައި ހުރި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް މީޑިއާތަކަށް ވިދާޅުވީ، މިއީ މާލޭގެ އެކި ސަރަހައްދުތަކަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން މާލެތެރޭގައި މި ވިޔަފާރި ހިންގަމުންދިޔަ މައިގަނޑު ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

-01.jpg&w=3840&q=75)
