ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް: ބޮޑު ބަނގުރާ ނެޓްވޯކެއް ފަޅާއަރުވާލައިފި
12 އޮކްޓޯބަރު 2026 - 07:56

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރު މާދޫގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ. ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ ދެ ފަންގިފިލާއިން ވެސް ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ މާލޭގެ އެކި ސަރަހައްދުތަކަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން މާލެތެރޭގައި މި ވިޔަފާރި ހިންގަމުންދިޔަ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީ ނަމަވެސް، އެ މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައި ވަނީ ހ. މާދޫގޭގައެވެ. މި އޮޕަރޭޝަންގައި އެ ގޭގެ ފުރަަތަމަ ފްލޯ އާއި ފަސް ވަނަ ފްލޯ ބަލާ ފާސްކޮށްފައިވާއިރު، ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އެކި ބްރޭންޑުތަކުގެ ރާފުޅިތައް ވަކިކޮށްފައި ހުރިއިރު އެތަނުގައި ގިނަ އަދަދަަކަށް ބަނގުރާ ހުއްޓެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

-01.jpg&w=3840&q=75)
