ފޭސް2 އެކްސިޑެންޓް: އެއް ސައިކަލު ދުއްވާފައިވަނީ 3 މީހުން އަރައިގެން ވަންވޭއާ ހިލާފަށް
7 އޮކްޓޯބަރު 2026 - 08:00

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެފައިވާއިރު، މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް ސައިކަލުގައި 3 މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރުމުގެ ސަަބަބުން ކަމަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަން ވެސް ފުލުހުން މައުލޫމާތު ދެއެވެ.
.png&w=750&q=75)
Ad by Hajj Corporation

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށްށާއި، އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު އައި.ޖީ.އެމް.އެޗް އަށް ބަދަލުކޮށްފައި ވާކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

-01.jpg&w=3840&q=75)
