logo
MPL

MPL

ޚަބަރު

ނުގަވާއިދުން މަގު ހުރަސް ކޮށްގެން ޖޫރިމަނާ ކުރަނީ އާންމުންގެ ރައްކާތެރިކަމާ ސަލާމަތްތެރި ކަމަށް: އިމްރާން

އައިޝަތު ނަޝާ
7 އޮކްޓޯބަރު 2026 - 05:29
ނުގަވާއިދުން މަގު ހުރަސް ކޮށްގެން ޖޫރިމަނާ ކުރަނީ އާންމުންގެ ރައްކާތެރިކަމާ ސަލާމަތްތެރި ކަމަށް: އިމްރާން

ޤަވައިދާ ހިލާފަށް މަގު ހުރަސް ކޮށްގެން ކުރާ ޖޫރިމަނާ އަކީ އެއްވެސް ހާލެއްގައި ރުފިޔާ ހޯދުމުގެ ބޭނުމުގައި ފުލުހުން ކުރާ ކަމެއް ނޫންކަމަށާއި، އެކަމުގެ ބޭނުމަކީ ރައްޔިތުން ރައްކާތެރިކަމާއެކު މަގު ހުރަސް ކުރަން ޖެހޭ ދިމާލުން ހުރަސްކުރުމަށް ބާރު އެޅުން ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމް ގައި ބައިވެރިވެ އިންސްޕެކްޓަރ އިމްރާން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ގުޅިގެން ފުލުހުންގެ އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަރަށް މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިމްރާން ވިދާޅުވީ،މިހާރު އަމަލުކުރަން ފަށާފައިވާ ޤާނޫނުގައި މަގުހުރަސް ކުރަން އޮންނަ ދިމާ ނޫން އެހެން ދިމާލަކުން މަގުހުރަސް ކޮށްފިނަމަ އެމީހަކު 100 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މި ޖޫރިމަނާގެ ބޭނުމަކީ ކަފިހުރަހުން މީހުން ހުރަސްކުރަން ބާރުއެޅުން ކަމަށެވެ.

"100 ރުފިޔާ އަކީ އަސްލު ދެން އެހާ ބޮޑު ޖޫރިމަނާ އެއްވެސް ނޫން. އެކަމަކު އޭގެ ބޭނުމަކީ ހަމަ ރައްޔިތުން ވީހާވެސް ބޮޑަކަށް މަގުބުރަސް ކުރަން އޮންނަ ދިމާޅުން ރައްކާތެރިކަމާއެކު ހުރަސްކުރަން ބާރުއެޅުން.އޭގެ ބޭނުމަކީ ރައްޔިތުންނަށް އެކަން ވިސްނާދިނުން މިކަން އޮންނަ ގޮތަކީ ޒިބްރާކްރޮސްތަކުން ހުރަސްކުރުންކަން އެއީކަން ރަނގަޅު ގޮތަކީ އަނގައިދިނުން މީގެ އަސްލު ބޭނުމަކީ.ޖޫރިމަނާ ކުރުމެއް ނޫން" އިންސްޕެކްޓަރ އިމްރާން ވިދާޅުވިއެވެ.
 

ބަލާނުލާ މަގުހުރަސް ކުރާ ފަރާތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަކި މީހެއް ބެލުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް ވެސް އިމްރާން ފާހަގަ ކުރެެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުގަވާއިދުން މަގު ހުރަސް ކޮށްގެން ޖޫރިމަނާ ކުރަނީ އާންމުންގެ ރައްކާތެރިކަމާ ސަލާމަތްތެރި ކަމަށް: އިމްރާންޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: 5 މީހަކަށް އަނިޔާވެ ފަރުވާދެނީޚަބަރު | 3 ގަޑިއިރު ކުރިންހުއްދަނެތި ބޭންކިންގ ޚިދުމަތްދީ ބޭރު ފައިސާ ވިއްކާ މައްސަލައެއްގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ޚަބަރު | 12 ގަޑިއިރު ކުރިންހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | 21 ގަޑިއިރު ކުރިން