ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ ބޭރު ފައިސާ ވިއްކާ މައްސަލައެއްގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
6 އޮކްޓޯބަރު 2026 - 19:27

ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ހިންގައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އޮޕަރޭޝަންގެ ތެރެއިން 4 ބިދޭސީއަކާއި ދިވެއްސެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

-01.jpg&w=3840&q=75)
