logo
MPL

MPL

ޚަބަރު

ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފި

އައިޝަތު އިނާޝާ
4 އޮކްޓޯބަރު 2026 - 13:52
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މިއަދު ހަމަޖައްސަވައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ޢައްޔަންކުރައްވާފައިވަނީ، މީގެ ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ބަދަލާ ގުޅިގެން، ފުލުހުންގެ ހިދުމަތުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އާންމުން ހޭލުންތެރިކުރުމަށް ހިންގާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަކީ މީގެ ކުރިންވެސް ފުލުހުންގެ މީޑިއާ އޮޕަރޭޝަންތައް ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ވަޒީފާއިން ވަކިކުރެވިފައިވަނިކޮށް، ޝަރުއީ މަރުހަލާއަށްފަހު ކޯޓުގެ ހުކުމަކުން އޭނާއަށް ވަނީ އަލުން ފުލުހުންގެ ހިދުމަތުގެ ވަޒީފާ އިޔާދަކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 6 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 6 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 7 ދުވަސް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 9 ދުވަސް ކުރިން