logo
MPL

MPL

ޚަބަރު

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އައިޝަތު އިނާޝާ
5 އޮކްޓޯބަރު 2026 - 13:18
ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް އިޖާބަދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

 މިއަދު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކާރިސާތަކުން ރައްކާތެރިވުމަށް މުޖުތަމައު ތައްޔާރުވުން އިތުރުކުރުމުގައި ފުލުހުންގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މީގެއިތުރުން، ކާރިސާތަކުގައި ފުރަތަމަ އެޓެންޑްވާ ފަރާތްތަކުގެ ގެ ގޮތުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަތުމަށާއި، ރަށްރަށުގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތައް އެކުލަވައިލުމުގައި ފުލުހުންގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

 މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން، ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން، ޑިރެކްޓަރ އޮފް ޕޮލިސީ އެންޑް ޕްލޭނިންގ އިބްރާހީމް ކާޝިފް ނަޞީރު، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާއު، ޑިރެކްޓަރ އޮފް ކޯޕަރޭޓް އެފެއާޒް ޢަބްދުﷲ ރާފިޢު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޝިޔާޒެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | ދުވަހެއް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | ދުވަހެއް ކުރިންތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަނީޚަބަރު | 2 ދުވަސް ކުރިން