logo
MPL

MPL

ޚަބަރު

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޮކްޓޯބަރު 2026 - 10:31
ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ "އުދަރެސް 8" ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ދާދި ފަހުން ވެސް ވަނީ ހިނގައިފައެވެ. އެގޮތުން އޯގަސްޓު މަހުގެ 31 ވަނަ ދުވަހު، "އަމާން އުދަރެސް" ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައިވާއިރު، އޭގެ ޖެހިގެން އައި ދުވަހު ސްޓެލްކޯ ފުލެޓަކުން 2 އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ވަނީ މަރުވެފައެވެ.

އެ ހާދިސާތަކާ ގުޅިގެން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ފަށައިފައެވެ. މީގެއިތުރުން، ފުލެޓުތަކުގެ ޔުޓިލިޓީ ބެލްކަނިތައް އުސޫލާ އެއްގޮތަށް ބަދަލުކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | ގަޑިއިރެއް ކުރިންސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިން