logo
MPL

MPL

ޚަބަރު

ފުރާނަ އަތްމައްޗަށް ލައިގެން މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ޝަރަފުގެ ރަން މެޑަލް އަރުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2026 - 09:34
ރަން މެޑަލް އެރުވި ދެ ފުލުހަކައި ސީޕީ، ފޮޓޯ: ޕޮލިސް
ރަން މެޑަލް އެރުވި ދެ ފުލުހަކައި ސީޕީ، ފޮޓޯ: ޕޮލިސް

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިސަރަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފިއެވެ.

މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) ގެ އިތުރުން ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ކަނޑުވިއެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ އަދި ނުރައްކާތެރި މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.

މެޑަލް އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތަށް ސީޕީ ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވަމުން، ޤައުމީ ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކި ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުރާނަ އަތްމައްޗަށް ލައިގެން މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ޝަރަފުގެ ރަން މެޑަލް ޚަބަރު | ގަޑިއިރެއް ކުރިންފޮށި އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެޚަބަރު | ދުވަހެއް ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިން