ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
13 އޮކްޓޯބަރު 2026 - 06:09

ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ގިރިފުށީ ޓްރޭނިން ސެންޓަރުގައި މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރު ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމް ވަނީ ސިފަވަންތަ ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯހުގައި 149 ދަރިވަރުން ހިމެނޭ އިރު އޭގެ ތެރޭގައި 27 އަންހެން ދަރިވަރުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރު، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިން އޮފިސަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން އަދި އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރު، މޭޖާ މުޙައްމަދު ނަދީމް ބައިވެރިވެ ލެއްވި އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
