logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދު

މަރިޔަމް މާޙީ
17 މޭ 2026 - 04:43
އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ކުންފުނީގެ ގިނަ އަދަދެއްގެ ހިއްސާދާރުންނާއި ޕްރޮކްސީން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ.

މި ޖަލްސާގައި ނިންމި އެންމެ މުހިންމު އެއް ކަމަކީ ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކުރުމެވެ. މިއީ ފަހުގެ ތާރީޚެއްގައި އެސްޓީއޯއިން ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރުވެސް އެ ކުންފުނިން ޑިވިޑެންޑުގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 763 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި ޖަލްސާގައި ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކުވެސް ވަނީ އިންތިޚާބުކޮށްފައެވެ. އެ މަގާމަށް 78.87 އިންސައްތަ ވޯޓާއެކު އިންތިޚާބުވީ މުހައްމަދު އަހްސަން ސަލީމެވެ. މީގެ އިތުރުން، ކުންފުނީގެ އޮޑިޓަރަކަށް އައްޔަނުކޮށްފައިވަނީ އާނެސްޓް އެންޑް ޔަންގްއެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ކުންފުނީގެ ފައިދާއިން ބޮޑު ބައެއް ހިއްސާދާރުންނަށް ބަހަން ނިންމީ ކުންފުނިން ހޯދި ރަނގަޅު ކާމިޔާބީގެ ސަބަބުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 2 ގަޑިއިރު ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 18 ދުވަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 24 ދުވަސް ކުރިންކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފިވިޔަފާރި | މަހެއް ކުރިން