logo
MPL

MPL

ޚަބަރު

މިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެ

މަރިޔަމް މާޙީ
24 ޖޫން 2026 - 06:34
މިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގަމުންދާ ހުރިހާ ބޭސްފިހާރަތަކެއްގެ އިންވެންޓްރީ ބެލުމުގެ މަސައްކަތަށް، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ ފިހާރަތައް ބަންދުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމަކީ އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތައް، ސަރުކާރުން އަލަށް އުފެއްދެވި ބޭސް ކުންފުނި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" (ސްޓޭޓް ފާމާ) ގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގެ ބައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބޭސްފިހާރަތައް ބަންދުކޮށްފައި ހުންނަ މި މުއްދަތުގައިވެސް، ކުއްލި ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައެއް ރަސްމީކޮށް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވާނެއެވެ. މި ބަދަލާއެކު، ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ ޒިންމާތައް އުފުލާނީ ސްޓޭޓް ފާމާއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ގާއިމުކޮށްފިޚަބަރު | މަހެއް ކުރިންމިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 4 މަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 5 މަސް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 6 މަސް ކުރިން