logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ގާއިމުކޮށްފި

އައިޝަތު ނަޝާ
6 ސެޕްޓެމްބަރު 2026 - 13:24
ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ގާއިމުކޮށްފި

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ދައުލަތުގެ ބޭސް ކުންފުނީގައި ގާއިމުކުރެވިއްޖެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

 ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިހާރު ގާއިމުކުރެވުނު ނިޒާމުގެ ސަބަބުން ހުރިހާ ފާމަސީތަކެއްގެ ސްޓޮކް ދެނެގަނެވޭނެ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް މި ސްޓޮކް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޝާހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ބޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖްތައް ގާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ގާއިމުކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

އަދި ބޭސް ސިޓީއެއްގައި ހިމެނޭ ބޭހެއް ވަކި ފާމަސީއެއްގައި ނެތްނަމަ އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު ބަލިމީހުންނާ ހިއްސާކުރާނެ ކަމަށާއި، ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ އެ ފާމަސީއަކުން ވީއެންމެ އަވަހަކަށް އޯޑަރު ޖަހައިދޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ގާއިމުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 2 މަސް ކުރިން