logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޭޕްރީލު 2026 - 18:40
އެސްޓީއޯ މައި އޮފީސް
އެސްޓީއޯ މައި އޮފީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ ވެބްސައިޓުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް މިހާރު އާންމުކޮށްފައިވާއިރު މި ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން، ބަންކަރިން ހިމެނޭ ގޮތަށް އެ ކުންފުނިން ވިއްކި ތެލުގެ އަދަދު މި ކުއާޓަރުގައި 27 ޕަސެންޓް އިތުރުވެފައިވާއިރު، ކުންފުނީގެ އެހެނިހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މާލީ ރިޕޯޓުތަކަށް ބަލާއިރު، މި ކުއާޓަރުގައި ލިބުނު 785 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ ވަނީ 14 ޕަސެންޓް އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމާއެކު، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 276 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި ކާމިޔާބީއާ ގުޅިގެން އެސްޓީއޯއިން ބުނީ، ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމުގައި ބަހައްޓާ ގާތްކަމާއި ދެއްވާ އެހީތެރިކަމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ. މި ހިސާބުތަކަކީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ލިބިގެންދާ ސާފު ރައްދެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | ގަޑިއިރެއް ކުރިންކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފިވިޔަފާރި | 15 ދުވަސް ކުރިންއިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރަނީޚަބަރު | މަހެއް ކުރިންބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދެނީޚަބަރު | މަހެއް ކުރިން