ބާޒާރަށް ބޭނުންވާ ވަރަށް ބިސް އެބަހުރި، ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތް
27 އޯގަސްޓު 2026 - 06:23

ކުޅު ބިސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެއްވެސް ކޮންޓްރޯލަކާ ނުލައި މިހާރު ވެސް ބިސް ވިއްކަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯ އިން ބުނެފި އެވެ.

Ad by Hajj Corporation
ރާއްޖެއިން ބިސް ހުސްވެގެން ކޮންޓްރޯލްކޮށްގެން ބިސް ވިއްމުންދާ ކަމަށް މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރުތަކާ ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ މިވަގުތުވެސް ބިހުގެ އިތުރު ޝިޕްމެންޓުތައް ލިބެމުންދާ ކަމަށާއި، އެހެންކަމުން ކުރިއަށް ހުރި ދުވަސްތަކުގައިވެސް އެއްވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން، އަސާސީ ބާވަތްތަކުގެ ލިސްޓަށް ގެނައި ބަދަލުގެ ދަށުން ބިސް ހިމެނޭހެން އިތުރު ބާވަތްތައް ވަނީ އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އެ މުދާތައް މެދުކެނޑުމެއް ނެތި ބާޒާރުގައި ލިބެން ހުރިކަން ކަށަވަރު ކުރުމަށް އިގްތިސޯދީ ވުޒާރާއިން ގަވާއިދުން މޮނީޓަރ ކުރަމުންދާއިރު، އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ބާޒާރުގައި އަގު ހިފަހައްޓައި މުދަލުގެ ސަޕްލައި ދެމެހެއްޓުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދެއެވެ.
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ތަކެތި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23 ބާވަތެއް އިތުރުކޮށް އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އޭގެ ތެރޭގައި ޒަމާނުއްސުރެ ހުންނަ ކާޑުގެ ބާވަތްތަކުގެ އިތުރުން މޭވާއާއި ތަރުކާރީގެ 10 ބާވަތާއި، މުގާއި، ބިސް އަދި އަލުވި ހިމެނެއެވެ.

-01.jpg&w=3840&q=75)
