logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯގެ ފައިދާ 280 މިލިޔަނަށް

އަޙުމަދު ރިޝާން
29 ޖުލައި 2026 - 12:41
އެސްޓީއޯގެ ފައިދާ 280 މިލިޔަނަށް

 މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާ އަށް ވުރެ 27 އިންސައްތަ އެކުންފުނީގެ އާމްދަނީ ވަނީ އުފުލިފަ އެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަގައި އެކުންފުންޏަށް ލިބިފައި ވަނީ ގާތްގަނޑަކަށް ހަތް ބިލިޔަން ރުފިޔާ އެވެ. މިދިޔަ ކުއާޓަގައި ލިބިފައި ވަނީ 5.5 ބިލިޔަން ރުފިޔާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ސާފު ފައިދާ އަށް ލިބިފައި ވަނީ 276 މިލިޔަން ރުފިޔާ އެވެ. އެހެން ކަމުން މި ކުއާޓާގައި 280 މިލިޔަން ސާފު ފާއިދާ އަށް ލިބުމުން ސާފު ފައިދާގެ ނިސްބަތް މިއަހަރުގެ ފުރަތަ ކުއާޓާ އަށް ވުރެ އިތުރުވީ އެއް އިންސައްތަ އެވެ.

މިފައިދާ އެކު ކުންފުނީގެ ހިއްސާ އަކަށް މިކުއާޓާގައި 248 ރުފިޔާ ވަނީ ޖެހިފަ އެވެ. މިދިޔަ ކުއާޓާގައި ހިއްސާ އަކަށް ޖެހިފައި ވަނީ 245 ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހިއްސާ އަކަށް ޖެހުން މިންވަރުހުރީ 145 ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ހިއްސާ އަކަށް ޖެހުނީ 165 ރުފިޔާ އެވެ. ތިންވަނަ ކުއާޓާގައި 217 ރުފިޔާ ޖެހުން އިރު މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހިއްސާ އަކަށް ޖެހިފައި ވަނީ 245 ރުފިޔާ އެވެ.

އެކުންފުނީގެ ހަރަދުތަކާއި ޓެކުހަށް ނުކަނޑާ މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބިފައި ވަނީ 757 މިލިޔަން ރުފިޔާ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހަރަދުތައް ނުކަނޑާ ލިބިފައި ވަނީ 785 މިލިޔަން ރުފިޔާ އެވެ.

އެސްޓީއޯގެ ފައިދާ އުފުލިފައި މިވަނީ މެދުވެރިމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތައް މައްޗަށް އުފުލުމާ ގުޅިގެންނެވެ. އެކުންފުނީގެ އާމްދަނީގެ 86 އިންސައްތައަކީ ތެލުން ލިބުން އާމްދަނީ އެވެ. ތެޔެފިޔަވާ އެހެން ދާއިރަތަކުން ލިބުން އާމްދަނީގެ ނިސްބަތްހުރީ 14 އިންސަތައިގަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރަށް ބޭނުންވާ ވަރަށް ބިސް އެބަހުރި، ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތްޚަބަރު | 19 ދުވަސް ކުރިންއެސްޓީއޯގެ ފައިދާ 280 މިލިޔަނަށްޚަބަރު | 2 މަސް ކުރިންއެސްޓީއޯއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ!ވިޔަފާރި | 4 މަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 5 މަސް ކުރިން