logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެސްޓީއޯއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ!

އެސްޓީއޯ ފާމަސީއެއް
އެސްޓީއޯ ފާމަސީއެއް

 

އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ އަހަރީ ހިސާބުތައް އާންމުކޮށްފައިވާ އިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅައިބަލާ އިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް ތެޔޮ ވިކުނު އަދަދު 8 އިންސައްތައިން އިތުރުވެފައިވާ އިރު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރި ވެސް ރަނގަޅުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

އެސްޓީއޯ ގްރޫޕްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.18 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތައިން ދަށްވުމާ އެކު ޓެކުހުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ކުރީ އަހަރާ އަޅައިބަލާ އިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ލިބުނު 785 މިލިއަން ރުފިޔާ އަކީ ކުރީ އަހަރާ އަޅައިބަލާ އިރު 2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ހާމަކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ!ވިޔަފާރި | 2 ގަޑިއިރު ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 9 ދުވަސް ކުރިންއިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރަނީޚަބަރު | މަހެއް ކުރިންބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދެނީޚަބަރު | މަހެއް ކުރިން