logo
MPL

MPL

ޚަބަރު

ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދެނީ

މުޙައްމަދު އަފްރާޙް
23 މާރިޗު 2026 - 07:20
ދިވެހި މަސްވެރިއަކު މަހެއް ބާނަނީ، ފޮޓޯ: ސާޖިން
ދިވެހި މަސްވެރިއަކު މަހެއް ބާނަނީ، ފޮޓޯ: ސާޖިން

ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާއި މަޝްވަރާކޮށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން  މިހާރު މިވަނީ ނިންމާފައެވެ. 

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރަށް ބޭނުންވާ ވަރަށް ބިސް އެބަހުރި، ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތްޚަބަރު | ގަޑިއިރެއް ކުރިންއެސްޓީއޯގެ ފައިދާ 280 މިލިޔަނަށްޚަބަރު | މަހެއް ކުރިންމިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 2 މަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 3 މަސް ކުރިން