logo
E-Platinum
ޚަބަރު

ފޮށިގަނޑެއްގައި ކަނޑުމަގުން މާމެންދޫއަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 އޯގަސްޓު 2025 - 08:50
މާމެންދޫ އަށް އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ޑްރަގް، ފޮޓޯ: ޕޮލިސް
މާމެންދޫ އަށް އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ޑްރަގް، ފޮޓޯ: ޕޮލިސް

ލ. މާމެންދޫއަށް ދަތުރުކުރި ބޯޓެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައި އަތުލައިގެންފައިވާކަމަށް ފުލުހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މާމެންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއާ ގާތްކުރި ބޯޓު ބަލައި ފާސްކުރުމުން، 82 ގްރާމްގެ ވަގުތީ ބަރުދަނެއް ހުރި، މަސްތުވާތަކެތި ކަމަށް ބެލެވޭ 115 ސެލޯފިން ކޮޅު ފޮށިގަނޑެއްގެ ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދީފަވެއެވެ.

ފުލުހުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގިނަ މައްސަލަތަކެއް ބަލައި، ފިޔަވަޅު އަޅާފައިވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮށިގަނޑެއްގައި މާމެންދޫއަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފިޚަބަރު | 18 ގަޑިއިރު ކުރިންޑްރަގް މައްސަލައެއްގައި މިލަންދޫން ދެ މީހަކު ހައްޔަރުކޮށްފި ޚަބަރު | 2 ދުވަސް ކުރިންޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަނީޚަބަރު | 2 ދުވަސް ކުރިންމާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީޚަބަރު | 3 ދުވަސް ކުރިން