logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޅުހިޔާއަށް އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ފަށައިފި

ނުހާ އަޙްމަދު
2 އޯގަސްޓު 2025 - 16:53
ފޮޓޯ--// ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
ފޮޓޯ--// ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތް ކަމަށެވެ. އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވައްދާފައިވާ ކަމަށާއި، އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ފެސިލިޓީއަށް ނަގާފައި ވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހެ ކަމަށާއި، އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ، ޖާގައިތުރު ކުރުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހު، 28 ބުޅާ މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީން އަށް ލާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ބުޅާ ނެގުމުގެ މަސައްކަތް މެދުކެނޑިފައި އޮތުންމަށްފަހު މިއަދު އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ކޮށިތަކަށް ބަދަލުކޮށްފައިވާކަމަށް އެ ވުޒާރައިން ބުނެފައިވެއެވެ. އެގޮތުން މިއަދު ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ،މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައް ފެސިލިޓީއަށް ނަގާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

527112888_122215523660115633_8887307724015262490_n.jpg

އޮޅުހިޔާ އަށް ގެންދިއުމަށްޓަކައި ބުޅާނަގަނީ، ފޮޓޯ--// ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ

އެ ވުޒާރާއިން ބުނީ، ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ނަގާފައިވާ ކަމަށާއި، އެގޮތުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ބުޅާކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް އާދިއްތަދުވަހުވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއްނޫން ކަމަށާއި، އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިންވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއްޚަބަރު | 5 މަސް ކުރިން"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖުތިމާޢީ ޒިންމާއެއް"ޚަބަރު | 6 މަސް ކުރިންދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 6 މަސް ކުރިން