logo
Bank of Maldives

Bank of Maldives

ޚަބަރު

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

އާމިނަތު ޝަފާ
25 އޯގަސްޓު 2025 - 14:03
ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

ހދ. ނޮޅިވަރަމުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް، ތަނެއް ގާއިމު ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެކު ނޮޅިވަރަމް ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޮޅިވަރަމަކީ ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށަކަށްވުމާއި އެކު އެރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސެހައިން ގަންނަން ލިބޭނެ އިންތިޒާމް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ހިމެނޭކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ސޮއި ކުރެވިގެން މި ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް، ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހދ. ނޮޅިވަރަމް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެއްބަސް ވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އެވެ.

މި އެއްބަސްވުމުގެ ދަށުން ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާތަކެތި ވިއްކުމަށް ކައުންސިލްގެ ފަރާތުން ދައްކާބިމުގައި ފިހާރައެއް ހުޅުވުމަށް މިނިސްޓްރީގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހެދި އެމަސައްކަތް ފަށާނެއެވެ. ވިއްކާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއި އެކު ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާތޯ ބަލައި މޮނިޓަރ ކުރާނެއެވެ. އަދި މި މަސައްކަތް ވޯކް ޕްލޭންނާއި އެއްގޮތަށް ކުރިއަށް ދޭތޯބަލައި މޮނީޓަރ ނުރާނީ ނޮޅިވަރަމް ކައުންސިލުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޤްތިޞާދީ ގޮތުން ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު: ޑރ މާރިޔާޚަބަރު | 7 ދުވަސް ކުރިންރާއްޖޭގައި ފަތްކެޔޮ އާލާކުރުމަށްހާއްސާ ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިން ގޮއިދޫގައި ދަނޑުވެރިކަމުގެ ހާއްސަ ފެސިލިޓީއެއްޚަބަރު | މަހެއް ކުރިންނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީޚަބަރު | 2 މަސް ކުރިން