logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓުކުރުމަށް އެދިއްޖެ

އާމިނަތު ޝަފާ
12 ޑިސެމްބަރު 2025 - 05:39
ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓުކުރުމަށް އެދިއްޖެ

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ވުޒާރާއިން ބުނީ ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސުންކަމަށެވެ. އެ މިނިސްޓްރީން ހުއްދަ ދޭއިރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދާނެކަަމަށާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށްފަހު މި މިނިސްޓްރީން ވާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރަޖިސްޓަރީ އެކުލަވައިލުމުގައި WHO ޓޮކްސިޓީ ކިލާހުގައި ހިމެނޭ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވެއެވެ. މީގެއިތުރުން، މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. މީގެބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގިނަ ޢަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި (ނެޗްރަލް އެނެމީސް) ހިމެނިފައިވެއެވެ.

ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވެއެވެ. އަދި ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން މިނިސްޓްރީން ޢާއްމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑު ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށްވެސް އެގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.

ވުޒާރާއިން ބުނީ ޕެސްޓިސައިޑު ބޭނުންކުރާނެ ގޮތް ވުޒާރާއިން ހިންގާ އެކި ޕްރޮގްރާމުތަކުގައިވެސް ކިޔާދެމުން އަންނަކަމަށާއި އެތަކެތި ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގައި ލޭބަލުގައާއި، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާނަމަ ޕެސްޓިސައިޑުން ޞިއްޙަތަށް އޮތް ހިރާސް ވަރަށް ކުޑަވާނެކަމަށެވެ.

ދިވެހިރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޞިއްޙަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށްޓަކައި އެތަކެތި ޓެސްޓުކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. މިކަމުގެ ޤާބިލުކަން ހޯދުމަށްޓަކައި ވުޒާރާއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ އުފެއްދުންތައް ތަޙުލީލުކުރުމުގެ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއްކަމަށ އަނގައި ވުޒާރާއިންވަނީ މިޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓުކުރުމަށް އެދިއްޖެޚަބަރު | 3 ގަޑިއިރު ކުރިންކިނޮޅަހުގައި ކުކުޅު އާލާކުރަން ތައްޔާރުވެއްޖެޚަބަރު | 21 ދުވަސް ކުރިންކާނާގެ ޔަޤީކަން ކަށަވަރު ކުރުމަށް ކާށިދޫގެ ބިމެއް ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންއިޤްތިޞާދީ ގޮތުން ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު: ޑރ މާރިޔާޚަބަރު | 2 މަސް ކުރިން