logo
Bank of Maldives

Bank of Maldives

ޚަބަރު

"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މުޙައްމަދު އަފްރާޙް
14 ޖެނުއަރީ 2026 - 08:34
"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗް (ސީއައިއެފްއޯއާރު-އައިސީއާރުއޭއެފް) ގުޅިގެން، ދިވެހިރާއްޖޭގެ "ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ބަޔާންކުރެއެވެ. ޚާއްޞަކޮށް، ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ ބޭނުމެކެވެ.

މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.

މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރެވޭނެއެވެ.

މި ސިޔާސަތު ތަންފީޒުވުމުން، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އެހެންކަމުން، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބައެއް މުވައްޒަފުންނާއި، ވޯލްޑް އެގްރޯފޮރެސްޓްރީގެ ބައެއް ބޭފުޅުން، އަދި އެކި ރަށްރަށުގެ ކައުންސިލްތަކާއި ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | ދުވަހެއް ކުރިންގޮއިދޫ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރޚަބަރު | 9 ދުވަސް ކުރިންރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | މަހެއް ކުރިންނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީން ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެ: މިނިސްޓަރ ޚަބަރު | މަހެއް ކުރިން