logo
MPL

MPL

ޚަބަރު

މެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ނޮވެމްބަރު 2026 - 12:39
މެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފި

މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިންގ ކޯސް ކ. މަނިޔަފުށީގައި ފަށައިފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން އިންތިޒާމުކޮށްގެން ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މި އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ 4 ވަނަ ކޯހެވެ. ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި މެރިން އެކުއަކަލްޗާ ސިނާއަތެއް ޤާއިމުކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މެރިކަލްޗާ ދާއިރާ ތަރައްޤީކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ދާއިރާއެކެވެ. މިގޮތުން ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ މުހިންމު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ސަރުކާރުން އަންނަނީ އިސްކަންދެމުންނެވެ.

މި ކޯހުގައި އެކުއަކަލްޗާ ނިޒާމުތައް ބަލަހައްޓާނެ ގޮތާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމުގެ މުހިންމު މަޢުލޫމާތުތައް ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިވުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނެހެން މަސައްކަތް ކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމާއެކު، ފާނައާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެރިކަލްޗާގެ ދާއިރާއިން ފަންނުވެރިން އުފެއްދުމުގެ އައު ބުރު މަނިޔަފުށީގައި ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމަސްވެރިންނަށް ބޮޑު ލުޔެއް، ރަހުނަކާ ނުލައި 4 މިލިއަނާ ހަމައަށް އާރްއެސްޑަބްލިޔު ފައިނޭންސް ދޫކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންމަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފިޚަބަރު | 11 ދުވަސް ކުރިން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އިންގިލާބެއް، 10 ރަށެއްގައި ދަނޑުތައް ހަދަން ސޮއިކޮށްފިޚަބަރު | 21 ދުވަސް ކުރިން