logo
MPL

MPL

ޚަބަރު

ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އިންގިލާބެއް، 10 ރަށެއްގައި ދަނޑުތައް ހަދަން ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޮކްޓޯބަރު 2026 - 13:39
 ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އިންގިލާބެއް، 10 ރަށެއްގައި ދަނޑުތައް ހަދަން ސޮއިކޮށްފި

ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުންނާއި، ޤައުމީ ފެންވަރުގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފެވެ. ބިން ހަމަޖައްސައިދިން ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށްރަށުގެ ކައުންސިލުތައް ތަމްސީލުކުރައްވާ މެންބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހއ. ބާރަށް، ރ. އިނގުރައިދޫ، ކ. ކާށިދޫ، ކ. މާފުށި، ކ. ތުލުސްދޫ، މ. ވޭވަށް، ލ. އިސްދޫ، ގއ. ގެމަނަފުށި، ގދ. ހޯޑެއްދޫ އަދި ގދ. ފިޔޯރީގެ ކައުންސިލުންނެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރިއަށްގެންދާ ނިޒާމެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ނަމޫނާ ދަނޑުތަކުގެ ބޮޑުމިނުގައި 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ސަރަޙައްދެއް ހިމެނެއެވެ. މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ދިގުމުއްދަތުގެ ބާވަތްތަކާއި، ކުރު މުއްދަތުން ނަތީޖާ ފެންނަ ކާނާގެ ބާވަތްތަކެވެ.

މި ދަނޑުތައް ހެއްދުމާއި ބެލެހެއްޓުމުގެ މަސައްކަތް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަންނީ ލަފާގެ މަތިން ކުރިއަށްގެންދާނީ ކައުންސިލްތަކުންނެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތާއި ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވި، ދިގުމުއްދަތަކަށް ކާނާއާއި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ 400,000 އަށްވުރެ ގިނަ ގަސް މި ދަނޑުތަކުން އުފެއްދުމެވެ. ސަރުކާރުން އިސްކަންދެނީ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްކާތެރި ގޮތުގައި މޭވާއާއި ތަރުކާރީ އުފައްދައިގެން ރާއްޖޭގެ ކާނާގެ ޔަޤީންކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އިންގިލާބެއް، 10 ރަށެއްގައި ދަނޑުތައް ހަދަން ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިން ގްރޭޓަރ މާލޭގެ ކަރަންޓު ވިއުގައަށް ބޮޑު ބަދަލެއް؛ ހަކަތައިގެ ޚިދުމަތް އައު ހަރުފަތަކަށް ގެންދަނީޚަބަރު | 2 ގަޑިއިރު ކުރިންކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | ދުވަހެއް ކުރިންބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފިޚަބަރު | 6 ދުވަސް ކުރިން